އެމްޑީޕީގެ ގަލޮޅު ދެކުނު ކެންޑިޑޭޓަށް އިންޒާރު ދިނުމާއި މުދާ ހަލާކުރުން ކުށްވެރިކުރުން

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ މީކާއީލް އަޙްމަދު ނަސީމުގެ ޖަގަހައަށް މި މަހުގެ 8 ވަނަ ދުވަހުގެ މެންދަމު، ބަޔަކު ގެއްލުންދީ މަރުގެ އިންޒާރު ދީފައިވާތީ، މި ކަންކަން މި ޕާޓީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. ގަލޮޅު ރެހެންދި ހިނގުމުގައި ހުރި، އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް، އަދި ގަލޮޅު ދެކުނު ކެންޑިޑޭޓުގެ ޖަގަހައިގައި ހުރި ބިލްބޯޑުތަކާއި ބެނާތައް ހަލާކުކޮށް، ބިއްލޫރިގަނޑު…

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހަޅާ 19 ޤާނޫނީ އޮނިގަނޑު

އެޖެންޑާ19 އެކުލަވައިލާފައިވަނީ ރައްޔިތުންގެ ގާތަށް އެމްޑީޕީއިން ގޮސް، ދޮރުން ދޮރަށް ހިނގާ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޚިޔާލުތައް އަޑުއެހުމަށްފަހު، ކަމާބެހޭ ޢިލްމާއި، ޙިލްމުގެ އަލީގައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ހުރިހާ ޝަކުވާއެއްގެވެސް ފަރުވާއަކީ އެޖެންޑާ19 އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހަޅާ 19 ޤާނޫނީ އޮނިގަނޑު ތަރުތީބުވަނީ މައިގަނޑު ފަސް ސުރުޚީގެ ދަށަށެވެ. އެއީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްތިސާދެވެ. އެޖެންޑާ19ގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން…

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އދ. މަހިބަދޫ ދާއިރާ އާއި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރާ އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން 86 ދާއިރާއަކަށް ވާދަކުރަންވަނީ ނިންމާފައެވެ. ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި ޢަދާލަތު ޕާޓީއިން ތާޢީދުކުރުމަށް ނިންމަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މަރުޙާބާ ކިޔަމެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވާދަކުރާ 86 ދާއިރާގެ ތެރެއިން އދ. މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް ޢަދާލަތު ޕާޓީއިން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ތާޢީދުކޮށް އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ޢަދާލަތު ޕާޓީއަކީ ރައީސް…