އަޙްމަދު ޢީސާ
ކެނދިކޮޅުދޫ ދާއިރާ
ފަތުރުވެރިކަމުގެ ދާއިރާގެ 15 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، އެސިނާޢަތުގެ މަސައްކަތްތެރިންގެ ޙައްޤުގައި އަޑުހަރުކޮށް ނުކުންނެވި އީސަވަނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޗަން އޮފް މޯލްޑިވްސް (ޓީމް)ގެ ރައީސްކަން ދެދައުރު ފުރުއްވާފައެވެ. ޓީމްގެ ފައުންޑިންގ މެންބަރެއްގެ އިތުރުން 2009 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި ކެނދިކުޅުދޫ ދާއިރާގެ ގޮނޑި އީސަ ފުރުއްވިއެވެ. އެމްޑީޕީގެ މުޒާހަރާތަކާއި، ޙަރަކާތްތަކުގައި އެތައް ފަހަރަކު ޖަލުގެ އަނިޔާ ތަޙައްމަލުކުރަން ޖެހިވަޑައިގެންނެވި، އީސަވަނީ ރައީސް މުޙައްމަދު ނަޝީދުގެ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ.