މުޙައްމަދު ޢަބްދުﷲ ޝަފީޤް
ވެލިދޫ ދާއިރާ
އައްޑުވަސް މޯޑުގެ ނަމުން މަޝްހޫރުވި މުޙައްމަދު ޢަބްދުﷲ ޝަފީޤުވަނީ ޓީވީ ޕްރެޒެންޓަރެއްގެ އިތުރުން، ރާއްޖޭގެ ގިނަ ނޫސްތަކާއި، މަޖައްލާތަކަށް ލިޔުއްވާފައެވެ. ”ދިވެހިރާއްޖެ ޑިމޮލްރަސީއަށް ކުރި ދަތުރު“ ފޮތުގެ މުސައްނިފަކީ މޯޑެވެ. އޭނާއަކީ ފޮޓޯގްރަފަރެއްވެސްމެއެވެ. މޯޑުވަނީ އެމްޑީޕީގެ ޙައްޤު ކޮމިޓީއާއި، މީޑިޔާ ކޮމިޓީގެ މެންބަރުކަން ކުރައްވާފައެވެ. ވެލިދޫއަށް އުފަން މޯޑުގެ އިޖުތިމާޢީ ޚިދުމަތުގެ ތެރޭގައި ވެލިދޫ ފިއުޗަރ ފައުންޑޭޝަންގެ ކޯ-ފައުންޑަރުކަމާއި، ވެލިދޫ އެކުވެރިންގެ ގުޅުމުގެ ސެކްރެޓަރީ ޖެނެރަލްކަން ހިމެނެއެވެ.