ޙަސަން އަޙްމަދު (ހަސަންޓޭ)
އިނގުރައިދޫ ދާއިރާ
ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ހަޔާތް ފައްޓަވާ 10 އަހަރު ހޭދަކުރެއްވި، ޙަސަން އަޙްމަދު (ހަސަންޓޭ)އަކީ އެމްޑީޕީ ވުޖޫދުވީއްސުރެން ޕާޓީގެ އިސް ސަފުގައި ގުނާލެވޭ ޙަރަކާތްތެރިއެކެވެ. އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސްކަމުގައި ހުންނެވި ހަސަންޓޭގެ ސިޔާސީ މަސައްކަތުގައި އޭނާ ފާހަގަވެފައިވަނީ ޖަލުގެ އަނިޔާ ތަޙައްމަލުކުރައްވާފައިވާ، ފަސްޖެހުން ކުޑަ ފަހުލަވާނެއްގެގޮތުގައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް 2018ގެ އަރިހުގައި ރިޔާސީ ކެމްޕޭނުގައި ހަސަންޓޭ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ.