ޔަޢުޤޫބު ޢަބްދުﷲ
ދާންދޫ ދާއިރާ
މެލޭޝިޔާގައި އެކައުންޓިންގގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރައްވާފައި ހުންނެވި ޔައުޤޫބް ދިރިއުޅުމަށްޓަކައި ކުރައްވަނީ އެކައުންޓިންގގެ މަސައްކަތެވެ. އަމިއްލަ އޮޑިޓް ފާމެއް ހިންގަވާ ޔައުޤޫބަކީ 2008 އިން ފެށިގެން އެމްޑީޕީގެ މެންބަރެކެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދާންދޫ ދާއިރާގެ އެމްޑީޕީގެ ކެމްޕޭނު މެނޭޖަރެވެ. ޔައުޤޫބް ފާހަގަވެފައިވަނީ އުނގެނުމާއި، އުނގަންނައިދިނުމަށް ޚާއްސަ ޝައުޤުވެރިކަމެއް ހުންނަ ފަރާތެއްގެގޮތުގައެވެ.